ކަނޑުފަޅު ބޭނުންކުރާގޮތުގެ ދިރާސާ
މި ދިރާސާގައި 25،330 މީހުން ތަމްސީލުކުރެވިފައި ވާއިރު މިއީ މިހާތަނަށް ދުނިޔޭގައި ކުރިއަށް ގެންދެވުނު އެންމެ ބޮޑު އޯޝަން ޔޫސް ސާރވޭއެވެ.
ދިރާސާގެ
ރިޕޯޓް
ނޫ ރާއްޖެ އޯޝަން ޔޫސް ސާރވޭ ރިޕޯޓުން، ދިވެހިން ކަނޑުފަޅު ބޭނުންކުރާގޮތާއި އެތަންތަން ވަޒަންކުރާ ގޮތުގެ ފުރިހަމަ ތަފުސީލު ލިބިގެންދާނެއެވެ.
މި ރިޕޯޓުގައި ނޫ ރާއްޖެ އޯޝަން ޔޫސް ސާރވޭ ނުވަތަ ކަނޑުފަޅު ބޭނުންކުރާގޮތުގެ ދިރާސާ ފަރުމާކޮށް، ތަންފީޒުކުރުމަށް ބޭނުންކުރި މެތޮޑޮލޮޖީއާއި، ރާއްޖޭގައި ތަފާތު އެކި އިޤްތިޞާދީ، އިޖްތިމާއީ އަދި އެހެނިހެން ކަންކަމަށް ބޭނުންކުރާ ކަނޑުފަޅުގެ ސަރަހައްދުތަކާއި، ސާރވޭގައި ބައިވެރިވި ފަރާތްތަކުން އެސަރަހައްދުތައް ވަޒަންކޮށްފައިވާގޮތް ދައްކުވައިދޭ ހުލާސާ ޗާޓުތައް (ހީޓްމެޕް) އުފެއްދުމުގެ މަރުހަލާތަކުގެ ތަފުސީލީ ހުލާސާއެއް ހިމެނިފައިވާނެއެވެ.
ސްޓޯރީ
މެޕް
ނޫ ރާއްޖެއިން ކުރިއަށް ގެެންދިޔަ ކަނޑުފަޅު ބޭނުންކުރާގޮތުގެ ދިރާސާ ނުވަތަ އޯޝަން ޔޫސް ސާރވޭއާއި ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުން ހެއްޔެވެ؟ ދުނިޔޭގައި މިހާތަނަށް ކުރިއަށް ގެންދެވުނު އެންމެ ބޮޑު އޯޝަން ޔޫސް ސާރވޭ ފަރުމާކުރުމުގެ މަރުހަލާތަކާއި، މައުލޫމާތު އެއްކުރުމާއި ނަތީޖާތަކާއި ބެހޭގޮތުން އިތުރަށް ކިޔާލުމަށް އިންޓަރެކްޓިވް ސްޓޯރީ މެޕް ބަލާލާށެވެ.
ސާރވޭގެ
ތަފާސްހިސާބު
ސާރވޭ ޖަވާބު
4,924
މީހުން ތަމްސީލުކުރެވިފައި
25,330
ބައްޓަން ކުރެހިފައި
29,705
ކަނޑުފަޅު ބޭނުންކުރާގޮތުގެ
ދިރާސާ
އޯޝަން ޔޫސް ސާރވޭ ނުވަތަ ކަނޑުފަޅު ބޭނުންކުރާގޮތުގެ ދިރާސާއަކީ ކަނޑުފަޅުގެ ސަރަހައްދުތައް އެކި މީހުން ބޭނުންކުރާގޮތްދެނަގަނެ، އެފަރާތްތަކުން އެސަރަހައްދުތައް ވަޒަންކުރާ މިންވަރު ދެނެގަތުމަށް އާއްމުންގެ ބައިވެރިވުމާއި އެކު ކުރިއަށްގެންދެވޭ ޗާޓުކުރުމުގެ (ޕާޓިސިޕޭޓަރީ މެޕިން) ސާރވޭއެކެވެ.
-
އެއްކުރެވޭ ޖަވާބުތަކުން ދައްކުވައިދެނީ ދިވެހިން ބޭނުންކުރާ ކަނޑުފަޅުގެ ސަރަހައްދުތަކާއި، އެސަރަހައްދުތައް ބޭނުންކުރާގޮތާއި އަދި އެތަންތަން ވަޒަންކުރާ މިންވަރެވެ.
-
ތިޔަފަރާތުން ދޭ ޖަވާބު ވެގެންދާނީ ރާއްޖޭގެ ކަނޑުފަޅު ބޭނުންކުރާގޮތުގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތައް ލިބިގެންދާ މުހިއްމު މަޢުލޫމާތަކަށެވެ.
-
ސާރވޭގެ ވަކިވަކި ޖަވާބުތަކާއި ފަރުދުންގެ މައުލޫމާތަކީ ސިއްރުކުރެވިފައިވާ މައުލޫމާތެކެވެ.
ޝާމިލުވާ
ފަރާތްތައް
.ނޫ ރާއްޖެ އަކީ ދިވެހި ސަރުކާރުގެ އިސްނެންގެވުމާއިއެކު ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ
ސީސްކެޗަކީ ޔުނިވާސިޓީ އޮފް ކެލިފޯނިއާ ސެންޓާ ބާބަރާގެ މެރިން ސައިންސް އިންސްޓިޓިއުޓްގެ މެކްލިންޓޮކް ލެބްގެ އުފެއްދުންތެރި މީހުން އުފައްދާފައިވާ ޓޫލެކެވެ.
ވެއިޓް އިންސްޓިޓިއުޓް އިން ކޮމިޓެޑް ގައުމުތަކުގެ ސަރުކާރުތަކާއި، ކަމާގުޅުންހުރި ފަރާތްތަކާއި އަދި ޖަމާއަތްތަކާއި ގުޅިގެން، ދެމެހެއްޓެނެވި ގޮތެއްގައި ކަނޑުފަޅުގެ މާހައުލުތައް މެނޭޖްކުރުމަށް ބޭނުންވާ ޕްލޭންތައް ތައްޔާރުކޮއްދީ އެފަދަ ހަރަކާތްތައް ތަންފީޒުކުރުމުގައި އެހީތެރިވެދެއެވެ.