top of page

ނޫ
އިޤުތިޞާދު

ދިވެހިންނަކީ ނޫ އިޤްތިޞާދުގެ ލީޑަރުންގެ ގޮތުގައި، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ކުރީ ސަފުގައި ޒަމާނުއްސުރެ ހަރަކާތްތެރިވަމުން އަންނަ ބައެކެވެ. ކުރު ޑޮކިއުމެންޓްރީ ފިލްމް "އަހަރެމެންގެ ކަނޑުފަޅު: ނޫ އިޤްތިޞާދުގެ އަސާސް" ގައި ރާއްޖޭގެ މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ކަނޑުފަޅު ހިމާޔަތްކުރުމާއި ރާއްޖޭގެ ކަނޑުފަޅު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކާއި މުޖުތަމަޢުތައް ފެނިގެންދާނެއެވެ. މީގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީ އާއި މޫސުމީ ވިލުންވެރިކަން އިތުރުކުރުމަށްޓަކައި ރާއްޖޭގައި ބޭނުންކުރެވިދާނެ ދެމެހެއްޓެނިވި އީޖާދީ ޓެކްނޮލޮޖީތަކުގެ ފުރުސަތުތަކާއި، ދުނިޔޭގެ ފުރަތަމަ ސްމާޓް އޯޝަން ސްޓޭޓަށް ވުމަށްޓަކައި ކުރެވިދާނެ ކަންކަންވެސް ދައްކުވައިދޭނެއެވެ.

ނޫ އިޤްތިޞާދު

ނިސްބަތްކުރަނީ އިޤްތިޞާދީ ކުރިއެރުމާއި، ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، ވަޒީފާތައް އިތުރުކުރުމަށްޓަކައި ކަނޑުފަޅުގެ ޤުދުރަތީ ވަސީލަތްތަކާއި މާހައުލީ ނިޒާމުތައް ދެމެހެއްޓެނިވިގޮތެއްގައި ބޭނުންކުރުމަށެވެ.

ނޫ އިޤްތިޞާދުގެ ތެރޭގައި އިއާދަކުރަނިވި ހަކަތައާއި، ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑު ދަތުރުފަތުރު ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ކުނި މެނޭޖުކުރުމާއި އަދިވެސް ކަނޑުފަޅާއި ގުޅިފައިވާ މިފަދަ އެހެނިހެން ގިނަ ދާއިރާތަކެއް އެކުލެވެއެވެ.

Pole and Line Noah -25.jpg
Expedition_Maldives_2020_Lhaviyani_Atoll_Station_073_MAL_048_20200118120909 (2).jpg

ކަނޑުފަޅު ހިމާޔަތްކުރުމާއި ނުލައި ނޫ އިޤްތިޞާދެއް ހާޞިލެއް ނުކުރެވޭނެއެވެ.

 ނޫ އިޤްތިޞާދާއި މެދު ދިވެހިން ބުނަނީ ކީކޭ؟

"ނޫ އިޤްތިޞާދު މި ލަފުޒު އަޑުއިވުމުން ހީވެދާނެ މިއީ ވަރަށް ކޮމްޕްލިކޭޓެޑް ކަމެކެވެ. މިއީ މިތަނުގައި އަޅުގަނޑުމެން އަލަށް ކުރަން ޖެހޭކަމެކެވެ. އަޅުގަނޑަށް ފެންނަގޮތުގައި މިހާރުވެސް ރާއްޖޭގައި ނޫ އިޤްތިޞާދު މި އަންނަނީ ޕްރެކްޓިސް ކުރަމުން. އަޅުގަނޑުމެންގެ މަސްވެރިކަމަކީ ދެމެހެއްޓެނިވިގޮތެއްގައި ކުރެވޭ މަސްވެރިކަމެއް. މި ފަރުތަކަށް ފީނައިގެން ޑައިވަރުން އާމްދަނީ ހޯދަމުން އެބަދޭ. މިއީ މިހާރުވެސް އަޅުގަނޑުމެންގެ ސަޤާފަތުގެ ތެރޭގައި ހިނގަމުން އަންނަކަމެއް."

އަހުމަދު އަމީޒް

ނޫ ރާއްޖެ އެންގޭޖްމަންޓް އޮފިސަރ

Screen Shot 2023-04-18 at 4.15.38 PM.png

ވާހަކަ ދައްކާ މީހުން (ފެންނަ ތަރުތީބުން)

 

އަހުމަދު އަމީޒް، ނޫ ރާއްޖެ އެންގޭޖްމަންޓް އޮފިސަރ

މޫސާ ޒަމީރު ހަސަން، ނޫ ރާއްޖެ ޕްރޮގްރާމް ކޯޑިނޭޓަރ

ޝާހާ ހާޝިމް، މޯލްޑިވްސް ރެޒިލިއަންޓް ރީފްސްގެ ޕްރޮޖެކްޓް މެނޭޖަރ

އަހުމަދު ހާޝިމް، ނޯއާ ދޯނި ކެޕްޓަން

މަރިޔަމް ޞަފޫރާ، މަސްވެރިއެއް

މުހުސިނާ އަބްދުއްރަހްމާން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، ޕްރޮޓެކްޓެޑް އޭރިއާސްގެ ޑިރެކްޓަރ

އަބްދުލް ހަލީމް އަބްދުލް ނާސިރު، ނޯއާ ދޯނި ވެރިޔާ

އާދަމް ތޮލްހަތު، ސިކްސް ސެންސަސް ލާމު ސަސްޓެއިނަބިލިޓީ މެނޭޖަރ

އާޔާ ނަސީމް، މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްގެ ކޯ ފައުންޑަރ، ޕްރޯ ސަރފަރ

ސުޖާދު މުހައްމަދު، ކައިޓް ސާފަރ

ޒޫނާ ނަސީމް، މޫދު ބުޅާ ޑައިވް ސެންޓަރ، ޑައިވް އިންސްޓްރަކްޓަރ

އަހުމަދު ހާރިސް، ބިގް ބްލޫ ޑައިވާސް، ޑައިވް އިންސްޓްރަކްޓަރ

ހުސައިން ސިމާދު، ސްވިމްސޯލް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު

އަޑު އަޅާފައިވަނީ: އައިޝަތު ލަބީނާ، ނޫ ރާއްޖެ އެންގޭޖްމަންޓް އޮފިސަރ

އިތުރު ފުޓޭޖް:

ބިގް ބްލޫ ޑައިވާސް ރަސްދޫ
ބަޔޯރޮކް ޓެކްނޮލޮޖީ އިންކް.

ހެލިއޯރެކް
ސިކްސް ސެންސަސް ލާމު
ސްވިމްސޯލް

އޯޝަން ޕަވަރ ޓެކް
ބ. އަތޮޅު މާޅޮސް، ދަރަވަންދޫ، ކިހާދޫ، ކެންދޫ، ދޮންފަނު، ކުޑަރިކިލު އަދި ކަމަދޫ އާއި ގުޅިގެން ސޮނޭވާ ނަމޫނާ

Screen Shot 2023-04-18 at 3.36.56 PM.png

ރާއްޖޭގެ ސަގާފަތާއި އައު އީޖާދީ ޓެކްނޮލޮޖީ ގުޅުވައިގެން ދުނިޔޭގެ ފުރަތަމަ ސްމާޓް އޯޝަން ސްޓޭޓަކަށް ވުމުގެ ޤާބިލުކަން ދިވެހި ރާއްޖެއަށް ލިބިގެންވެއެވެ. 

Photo provided by Swimsol.

ނޫސް 
ބަޔާން

ރާއްޖޭގެ ނޫ އިޤްތިޞާދީ ސަޤާފާތް ދައްކުވައިދޭ ކުރު ފިލްމެއް ނޫ ރާއްޖެއިން ނެރެފި  

 

9 މޭ، މާލެ ،ދިވެހިރާއްޖެ - މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ކަނޑުފަޅު ހިމާޔަތް ކުރުމާއި އިއާދަކުރަނިވި ހަކަތައާއި، އީޖާދީ އަދި ދެމެހެއްޓެނިވި ކަނޑުފަޅުގެ މުސްތަގުބަލެއް ބިނާކުރުމަށް މަސައްކަތްކުރާ އެކި ފަރާތްތައް ހިމެނޭ "އަހަރެމެންގެ ކަނޑުފަޅު: ނޫ އިޤްތިޞާދުގެ އަސާސް" ގެ ނަމުގައި ނޫ ރާއްޖެ އިން ކުރު ޑޮކިއުމެންޓްރީ ފިލްމެއް ނެރެފި އެވެ. މި ފިލްމުގައި ކަނޑުފަޅު ހިމާޔަތްކުރުމާއި، ، ކާބޯތަކެތީގެ ރައްކާތެރިކަމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، މޫސުމީ

ވިލުންވެރިކަން އިތުރުކުރަން މަސައްކަތްކުރާ ތަފާތު ފަރާތްތައް ފެނިގެންދާނެއެވެ.


ނޫ އިޤްތިޞާދެއްގެ މުހިންމުކަން ދައްކުވައިދޭ މި ފިލްމްގައި މަސްވެރިކަމާއި އަދި ފަތުރުވެރިކަން ފަދަ ސިނާއަތުތައް  ދުޅަހެޔޮ ކަނޑުފަޅުތަކާގުޅިލާމެހިފައިވާ މިންވަރަށްއަލި އަޅުވާލައެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީ އާއި މޫސުމީ ވިލުންވެރިކަން އިތުރުކުރުމަށް ރާއްޖޭގައި ބޭނުންކުރެވިދާނެ އަައު އީޖާދީ ޓެކްނޮލޮޖީތަކާ ބެހޭ މައުލޫމާތު ބެލުންތެރިންނަށް ލިބިގެންދާނެއެވެ. ރާއްޖޭގެ ސަޤާފީ ގޮތްތަކާއި މިފަދަ އައު ޓެކްނޮލޮޖީތައް ގުޅުވާލައިގެން ރާއްޖެ އަކީ ދުނިޔޭގެ ފުރަތަމަ "ސްމާޓް އޯޝަން ސްޓޭޓަށް" ވުމުގެ ފުރުޞަތު އެބަ އޮތެވެ.

ނޫ އިޤްތިޞާދު ނުވަތަ "ބްލޫ އިކޮނޮމީ" އަކީ އިޤްތިޞާދީ ކުރިއެރުމާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، ވަޒީފާތަކާއި ، ކަނޑުގެ މާހައުލީ ނިޒާމު ހަރުދަނާކުރުމަށް ކަނޑުފަޅުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމެވެ. ނޫ އިޤްތިޞާދުގައި ހިމެނެނީ މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ކަނޑު ދަތުރުފަތުރާއި، ، ކުނި މެނޭޖްކުރުމާެއި  އަދި މޫސުމަށް އަންނަބަދަލުތަުކުން ލިބޭ ގެއްލުން ކުޑަކުރުމާއި އެކަންކަމަށް ހޭނުން ފަދަ ދާއިރާތަކެވެ. 


މި ޑޮކިއުމެންޓްރީ އިން ދައްކުވައިދެނީ ދެމެހެއްޓެނިވި މަސްވެރިކަމާއި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ލިބެމުންދާ ކުރިއެރުންތަކާއި، ކަނޑުފަޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ރާއްޖޭގެ އިގްތިސާދުތަކާއި މުޖުތަމައުތަކާއި މާހައުލުތަކަށް ފައިދާހުރި ވަސީލަތެއްގެ ގޮތުގައި ބޭނުންކޮށް ނޫ އިޤްތިޞާދެއް ބިނާކުރުމަށް ކުރާ މަސައްކަތެވެ.. ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުގެދެމިއޮތުން ގުޅިފައިވަނީ ދުޅަހެޔޮ ކަނޑު ފަޅުތަކެއްގެ މައްޗަށެވެ.

"އަޅުގަނޑުމެންގެ ނޫ އިޤްތިޞާދު ތަރައްގީ ކުރުމުގައި ވިލުންވެރި އަދި ދުޅަހެޔޮ ކަނޑުފަޅުތަކެއް ބިނާ ކުރުމަކީ ވަރަށް މުހިންމު ކަމެއް.،"  ނޫ ރާއްޖޭގެ ސައިޓް މެނޭޖަރ ފާޠިމަތު ނިސްތަރަން ވިދާޅުވި އެވެ. " ދިވެހިންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ވަނީ ކޮންމެވެސް ސިފައެއްގައި ކަނޑުފަޅުތަކާ ގުޅިފައި. އެހެންކަމުން އަޅުގަނޑުމެންގެ ކަނޑުފަޅުތަކުގެ ހަލާތު ދަށްވެއްޖެ ނަމަ ދިވެހިންގެ ދިރިއުޅުމަށް އޭގެ  ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ. އަޅުގަނޑުމެންގެ މުސްތަގުބަލުގެ ތަނަވަސްކަން ގުޅިފައިވަނީ ކަނޑުފަޅުތަކުގެ ދުޅަހެޔޮ ކަމާ." 

ރަސްދޫގައި ހުންނަ ނޫ ރާއްޖޭގެ އެންގޭޖްމަންޓް އޮފިސަރ އަހްމަދު އަމީޒް ފިލްމުގައި ކިޔާދީފައިވާގޮތުން، ނޫ އިޤްތިޞާދަކީ ރާއްޖެއަށް މުޅިން އައު ކަމެއް ނޫނެވެ. "ނޫ އިޤްތިޞާދޭ ބުނީމަ ހީވެދާނެ މީ ވަރަށް ބޮޑު އަދި އުނދަގޫ ކަމެކޭ. ނުވަތަ މިއީ އަޅުގަނޑުމެން މިތަނަށް ތަޢާރަފްކުރަން ޖެހޭކަމެކޭ، ނޫނީ މުސްތަޤްބަލުގައި އަޅުގަނޑުމެން މިތަނަށް ގެންނަން ޖެހޭ ކަމެކޭ. އަޅުގަނޑުދެކޭ ގޮތުގައި އަޅުގަނޑުމެން މިހާރުވެސް މިދަނީ ނޫ އިޤްތިޞާދު ޕްރެކްޓިސްކުރަމުން. . އަޅުގަނޑުމެންގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއް. އަޅުގަނޑުމެންގެ ޑައިވަރުން ދަނީ ފަރުތަކުން އާމްދަނީ އެއް ހޯދަމުން. ނޫ އިޤްތިޞާދަކީ އަޅުގަނޑުމެންގެ ސަޤާފަތުގައި މިހާރުވެސް ހިމެނޭ ކަމެއް." 

"އަހަރެމެންގެ ކަނޑުފަޅު: ނޫ އިޤްތިޞާދުގެ އަސާސް" " ވަނީ ފާއިތުވި ހަފްތާގައި އައްޑޫ ސިޓީ، ހިތަދޫގައި ގައި ބޭއްވުނު ކޮރަލް ފެސްޓިވަލް 2023 ގައި ފުރަތަމަ ފަހަރަށް ދައްކާލާފައެވެ.  ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި މި ފިލްމު ރާއްޖޭގެ މީޑިއާތަކުން ދައްކާނެ އެވެ. އަދި މުޅި ފިލްމު ނޫ ރާއްޖޭގެ ސޯޝަލް މީޑިއާ ޗެނަލްތަކުން އަދި www.noorajje.org/blueeconomy އިން ބަލާލެވޭނެއެވެ.    

bottom of page