top of page

ކަނޑުފަޅު
ދިރާސާ

​ޖަނަވަރީ 2020 ގައި ނޫ ރާއްޖެއިންވަނީ ފަރުތަކުގެ ދިރުމާއި، މަސްމަހާމެއްސާއި، ކަނޑުގެ އެންމެ އަޑީގެ ދިރުންތަކާއި، ލޮނުގަނޑުގެ ކޮލިޓީ ހިމެނޭހެން ރާއްޖޭގެ ފަރުތަކުގެ ހާލަތު ދެނެގަތުމަށްޓަކައި މުޅި ރާއްޖޭގައި ދިރާސާކުރުމަށް އެކްސްޕެޑިޝަނެއް ކުރިއަށް ގެންގޮސްފައިއެވެ. މިއީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓާއި، ވެއިޓް އިންސްޓިޓިއުޓާއި، ސްކްރިޕްސް އިންސްޓިޓިއުޝަން  އޮފް  އޯޝަނަގްރަފީ ގުޅިގެން ރާއްޖޭގެ ކަނޑުފަޅުގެ މާހައުލުގެ ހާލަތު އިތުރަށް ދެނެގަތުމަށް ހިންގުނު އެކްސްޕެޑިޝަނެކެވެ. މި ދިރާސާއިން އެއްކުރެވުނު މައުލޫމާތަކީ ރާއްޖޭގެ ކަނޑުފަޅު ބޭނުންކުރާގޮތުގެ ޕްލޭން ތައްޔާރުކުުރުމަށާއި، ދިވެހިން ނުހަނު ބޮޑަށް ބަރޯސާވާ ކަނޑުފަޅުގެ ވަސީލަތްތައް ހިމާޔާތްކޮށް ރައްކާތެރިކުރުމަށް ދުރު ރާސްތާގެ ޕްލޭނެއް އެކުލަވައިލުމަށް އެހީތެރިވެދޭނެ މައުލޫމާތަށެވެ.

ދިވެހި ސަރުކާރާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން މިހާތަނަށް ފުޅާ ދާއިރާއެއްގައި ކޮށްފައިވާ ދިރާސާތަކުގެ މައްޗައް ބިނާކޮށް، މި އެކްސްޕެޑިޝަންގައި 26 ދުވަހުގެ ތެރޭގައި ޖުމްލަ 16 އަތޮޅެއްގެ ދިރާސާތައް ފުރިހަމަކުރެވުނެވެ.

މީގެ އިތުރުން 2021 ވަނަ އަހަރުގެ ކުރީކޮޅު ވަނީ މިފަދަ ދެވަނަ އެކްސްޕެޑިޝަނެއް ކުރިއަށްގެންގޮސް، ރާއްޖޭގެ ފުރަތަމަ އާކިޕެލަގޯ ވައިޑް އެސެސްމަންޓް ފުރިހަމަކުރެވިފައެވެ.

16 އަތޮޅެއް ސާރވޭކުރެވިފައި

 978 ސައިންސް ޑައިވް 

274,004 މަސް ގުނިފައިވޭ 

  80 އައި.ޔޫ.ސީ.އެން ރެޑްލިސްޓްގައި ހިމެނޭ ބާވަތް ފާހަގަކުރެވިފައި

އެކްސްޕެޑިޝަންގެ
ރިޕޯޓް

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ މުރަކަ ފަރުތަކާއި މަސްމަހާމެހީގެ އާބާދީ ސާރވޭކުރުމަށް 2020 ވަނަ އަހަރު ކުރިއަށް ގެންދެވުނު އެކްސްޕެޑިޝަންގެ ނަތީޖާ މޯލްޑިވްސް ކޮރަލް ރީފް އެސެސްމަންޓް ރިޕޯޓް 2020 ފެންނާނެއެވެ.

އެކްސްޕެޑިޝަންގެ
ބައިވެރިން

MMRILogo_nb.png
waitt institute logo2 color.png
nekton_logo_lock-up_blue_small-1.png

"މަސްވެރިކަން، ފަތުރުވެރިކަން އަދި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް ބެލިނަމަވެސް، ކަނޑުފަޅުތަކަކީ ކޮންމެ ދިވެއްސަކައްވެސް ނުހަނު މުހިއްމު ތަންތަން. ދެމެހެއްޓެނިވި ގޮތަކަށް މިތަންތަން ބޭނުކުރުމައްޓަކައި މީގެ ކުރިން ސަރުކާރުން ކޮށްފައިވާ ދިރާސާތަކުގެ މައްޗަށް މި އެކްސްޕެޑިޝަން ބިނާ ކުރެވޭ ކަމީ އަޅުގަނޑުމެން އުފާކުރާ ކަމެއް" 

 

ޝާފިޔާ ނައީމް

ޑިރެކްޓަރ ޖެނެރަލް

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް 

Shafiya.png

އެކްސްޕެޑިޝަންގެ
އުސްއަލިތައް

ހދ. އަތޮޅު

 

މި އެކްސްޕެޑިޝަންގެ ތެރޭގައި ހދ. ނޭކުރެންދޫ ކައިރިން ރައީސް އިބްރާހިމް ސޯލިހް، މަޖިލިސް ރައީސް އަދި ކުރީގެ ރަައީސް މުހައްމަދު ނަޝީދު އަދި މިނިސްޓަ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަ ޒަހާ ވަހީދު ވަނީ ބައްދަލުކޮށްފައެވެ. އެބޭފުޅުންވަނީ ކަނޑުއަނޑީގައި ސައިންވެރިންނާއިއެކު ބައިވެރިވެ ކޭލަކުނު ފަރު ކައިރިން 3ޑީ މެޕިންގް ގެ މަސައްކަތް ކުރިއަށް ދާ ގޮތް ބަައްލަވާލައްވާފައެވެ. ކޭލަކުނުކަީ ރައީސް ސޯލިހުގެ "1 ރަށް، 1 ފަރު، 1 ކުޅި" d.މެންގްރޯވްގެ ދަށުން ހިމާޔާތް ކުރެވިފައިވާ ރަށެކެވެ

83704007_10157878787619709_6625502463040

​ހިރިލަންދޫ

އެކްސްޕެޑިޝަން ޓީމުން ކޮޅުމަޑުލު ހިރިލަންދޫއަށް ޒިޔާރަތްކޮށް، ކުރެވުނު މަސައްކަތް ހިރިލަންދޫ ސްކޫލްގެ ދަރިވަރުންނާ ހިއްސާކުރެއްވިއެވެ. މިގޮތުން ކަނޑުފަޅު ދިރާސާ ކުރުމާއި މޮނިޓަރ ކުރުމަށް މިހާރުވެސް ކުރިއަށްދާ މަސައްކަތުގެ މައުލޫމާތު މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ފަރާތުން ހަނާ އާމިރު ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ފަރުތަކުގެ ދިރާސާއާއި، ލޮނުގަނޑުގެ ކޮލިޓީ ބެލުމުގެ މަސައްކަތް ކުރާ ގޮތްތަކާއި، މިފަދަ ނާޒުކު ވެއްޓެއް ހިމާޔަތް ކުރުމުގެ d.މުހިއްމު ކަމާ ގުޅޭ ގޮތުން އެކްސްޕެޑިޝަންގެ އެހެން ބައިވެރިން މައުލޫމާތު ހިއްސާ ކުރެއްވިއެވެ

މަސައްކަތުގެ ފޮޓޯތައް

bottom of page